ރައީސްގެ އަނބިކަނބަލުން އައިޖީއެމްއެޗުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށްފި

ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހިމް އައިޖީމެޗްގައި ތިބި ބައެއް ބަލިމީހުންނަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ. އެގޮތުން ފާތުން ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫ، މެޑިކަލް، ސާރޖިކަލ...

31 May 2015 | 07:30

ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހިމް އައިޖީމެޗްގައި ތިބި ބައެއް ބަލިމީހުންނަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

އެގޮތުން ފާތުން ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫ، މެޑިކަލް، ސާރޖިކަލް އަދި ޑައިލިސިސް ޔުނިޓްގައި ތިބި ބަލިމީހުންނަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ބަލި މީހުންގެ ހާލު ބައްލަވައި އެތަނުގައި ތިބޭއިރު ދިމާވާ ދަތިތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވިއެވެ.

ރައީސްގެ އަނބިކަންބަލުން ގެންދަވަނީ ސިއްހީ ގޮތުން ތަފާތު މައްސަލަތަށް ދިމާވެފައިވާ ފަރާތްތަކާއި ބައްދަލު ކުރައްވާ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން މި ހަފްތާތެރޭ ވަނީ މާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް އެ ކުދިންގެ ހާލު ބައްލަވާފަ އެވެ.

އަދި ރޯދަ ހަދިޔާގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެކަނިވެރި މައިންނަށް ފައިސާގެ އެހީއާއި ކަދުރާއި ހަނޑޫ ބެހުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް