ރ. އިންނަމާދޫގައި ބަންނަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ދޯނީގައި ރޯވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ. އަދި މިހާރު ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފަ އެވެ.
އިންނަމާދޫ ހުޅަނގު އުތުރުފަރާތުގައި ހަދާފައި ހުރި ހަރުގެއެއްގައި ބަންނަމުންދިޔަ 85 ފޫޓްގެ ދޯނީގައި ރޯވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އަލިފާނުގެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް އެރަށުގެ ރައްޔިތުން ނިކުމެ ވަނީ އަލިފާންގަނޑު ނިއްވަލާފަ އެވެ. މިހާދިސާގައި ދޯންޏަށް މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް