ރަސްދޫއިން ފިހުނު އަންހެންމީހާ ނިޔާވެެއްޖެ

މި މަހުގެ 24 ވަނަ ދުވަހުގެރޭ ދަންވަރު އއ. ރަސްދޫ އިން ފިހުނު ޒުވާން ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެއެވެ. އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައި ވަނީ 31 އަހަރުގެ ޒުވާން ދެމަފ...

31 Mar 2025 | 15:14

މި މަހުގެ 24 ވަނަ ދުވަހުގެރޭ ދަންވަރު އއ. ރަސްދޫ އިން ފިހުނު ޒުވާން ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައި ވަނީ 31 އަހަރުގެ ޒުވާން ދެމަފިރިންނަށެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ހާދިސާ ހިނގި ރޭގެ 11:15 ހާއިރު އެވެ.

އިތުރު ފަރުވާއަށް އެ ރޭ ދަންވަރު އެ ދެ މީހުން އައިޖީއެމްއެޗަށް ގެނެސް ވަނީ ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާތީ ޑޮކްޓަރުން ވަނީ އެ ދެ މީހުން ރަނގަޅު ވާނެ ކަމުގެ އުންމީދު ކަނޑާލާފައެވެ.

އައިޖީއެމްއެޗުން އިއްޔެ ބުނީ އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ބޭރުގެ ދެ "ބާން ސްޕެޝަލިސްޓުން" އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ހާލު ދެރަވެ އަންހެންމީހާ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް