ޢީދު ދުވަހުވެސް އިސްރާއީލުން ޣައްޒާގެ 70އެއްހާ މީހުން ސަހީދުކޮށްލި

މުސްލިމް އުންމަތަށް އިއްޔެއަކީ އުފާވެރި ފިޠުރު ޢީދުގެ ފުރަތަމަ ދުވަހެވެ. ވީރާނާކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންވެސް އިއްޔެ އުންމީދުކޮށްގެން ތިބީ ޢީދު ދުވަސްކަމުން އިސްރާއީލުގެ ހަމަލަތަކާ ކުރިމަތިލާން ...

31 Mar 2025 | 03:29

މުސްލިމް އުންމަތަށް އިއްޔެއަކީ އުފާވެރި ފިޠުރު ޢީދުގެ ފުރަތަމަ ދުވަހެވެ.

ވީރާނާކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންވެސް އިއްޔެ އުންމީދުކޮށްގެން ތިބީ ޢީދު ދުވަސްކަމުން އިސްރާއީލުގެ ހަމަލަތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ރޯދަޔަކަށް ނުބެލި ބަޔަކު ޢީދަކަށްވެސް ނުބެލިއެވެ. އިއްޔެވެސް އެތައް އެތައް ހަމަލަތަކެއް ޢައްޒާއަށް އަމާޒުކޮށް އިސްރާއީލުން ވަނީ ޣައްޒާގައި 70އެއްހާ މީހުން ސަހީދުކޮށްލާފައެވެ.

ސަހީދުކޮށްލި މީހުންގެ ތެރޭގައި، ޢީދު ހެދިގެން ނިކުތް ކުޑަކުދިންވެސް ހިމެނޭކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ހަމަ އެކަން އެކަމެއް ނޫނެވެ. އިއްޔެއަކީ ޣައްޒާގައި ޒަޚަމްވާ ފަރާތްތަކަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ޕަލެސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީގެ 14 މެޑިކަލް އޮފިޝަރެއްގެ ފުރާނަވެސް އިސްރާއީލުން ނަގާލި ދުވަހެކެވެ.

ރޭގައި އަލްޖަޒީރާއިން ދުރަށް ދެއްކި ވީޑިއޯއެއްގައި އަސަރާއެކު ޣައްޒާގެ ރައްޔިތަކު ކުރި ޝަކުވާއަކީ ޢީދު ދުވަހު، މައުސޫމް ކުދިންގެ ފުރާނަ ނަގާލާއިރުވެސް މުސްލިމުންނޭ ކިޔައިގެން ތިބި އަރަބި ބޮޑެތި ޤައުމުތަކުން ބީރު ކަންފަތެއް، ކަނު ލޮލެއް ދީގެން ތިބޭ ތިބުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް