ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި ޢީދު ސައި ބާއްވައިފި

ބީއެމްއެލް އިސްލާމިކް އިން ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ. ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ ޢީދު ސައި ބާއް...

31 Mar 2025 | 03:09

ބީއެމްއެލް އިސްލާމިކް އިން ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ.

ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގައެވެ.

މި އަހަރު ޢީދު ސައި ބާއްވާފައި ވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. ބީއެމްއެލް އިން މިދިޔަ އަހަރުވެސް 6 ރަށެއްގައި ޢީދު ސައި ބާއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް