ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމު ކަމުގައިވާ "އަތޮޅު ދުވުން" ގޭމުން ޤިބްލަ ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވާ ދެމީހެއްގެ އުމްރާ ދަތުރު ހޯދުމުގެ މިއަދު މިއީ ފަހު ދުވަހެވެ.
މި ދުވުމުގެ މާރިޗް މަހުގެ ގިފްޓް ޕާޓްނަރަކީ ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑެވެ. މިޕާޓްނާޝިޕުގެ ދަށުން އުރީދޫއާއި ގުޅިގެން މިމަހުގެ ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ލިބިގެންދާނެއެވެ. މި މާރިޗް މަހުގެ ފުރުސަތު މިރޭ 23:59 އަށް ހަމަވާނެއެވެ.
އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ. މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެކަމަށާއި އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުކަންވެސް އުރީދޫއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް