އުރީދޫ ރޯދަ ކުއިޒް: ރަނގަޅު ޖަވާބު ދިމާކޮށްގެން އައިފޯން 14 ޕްރޯއެއް ލިބުމުގެ ފުރުސަތު

ރަނގަޅު ޖަވާބު ދިމާކޮށްގެން އައިފޯން 14 ޕްރޯ އެއް ލިބޭ ރޯދަ ކުއިޒެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިއަށްގެންދާ މި ކުއިޒަކީ އުރީދޫ މޯލްޑިވްސް އިން ޕީސް ފައުނ...

31 Mar 2023 | 17:45

ރަނގަޅު ޖަވާބު ދިމާކޮށްގެން އައިފޯން 14 ޕްރޯ އެއް ލިބޭ ރޯދަ ކުއިޒެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިއަށްގެންދާ މި ކުއިޒަކީ އުރީދޫ މޯލްޑިވްސް އިން ޕީސް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށްގެންދާ ކުއިޒެކެވެ.

މި ކުއިޒްގެ ބޮޑު އިނާމެއްގެ ގޮތުގައި އައިފޯން 14 ޕްރޯއެއް ކަނޑައަޅާފައިވާއިރު ކޮންމެ ހަފްތާއަކު ހަފްތާގެ އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ފިޓް 2، ގަޑިއެއް ކަނޑައާފައިވެއެވެ.

މި ކުއިޒްގެ ސުވާލު މިއަދުން ފެށިގެން މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގެނެސްދޭނެއެވެ. ރަނގަޅު ޖަވާބު ޖެހިގެން އަންނަ ދުވަހުގެ ރޭގަނޑު 23:59ގެ ކުރިން ފޮނުވަން ޖެހެއެވެ.

ޕީސް ފައުންޑޭޝަނާއެކު އުރީދޫއިން މި ރޯދަ ކުއިޒް ކުރިއަށްގެންދާއިރު އުރީދޫގެ "ހަފްތާގެ ހިކުމަތް" ވެސް ކުރިއަށްގެންދަނީ ޕީސް ފައުންޑޭޝަނާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް