ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމުގައި ދޭހަވާފަދަ އިޝާރާތެއް އުއްޗު ކުރައްވައިފިއެވެ.
އުއްޗު މިފަދަ އިޝާރާތެއް ކުރެއްވީ ޗަމްޕާ ގިރީގައި މިއަދު އޮތް ރޯދަ ވީއްލުމަކަށްފަހު ރައީސް ސޯލިހަށް އެރުވި ޖޯޒީއަކާއިއެކުގައެވެ.
ފޯރިގަދަ ރިޔާސީ ރޭހެއް ފެށެން ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި ޗަމްޕާ ރައީސް ސޯލިހަށް އެރުވި ޖޯޒީގައި ނަމަކަށް އިބޫ އަދި ޖާޒީ ނަމްބަރަކަށް 23 ޖަހާފައިވެއެވެ. މެސެޖަކީ "އިބޫ 2023" ކަން ހާމަވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބަލައިލާއިރު މިހާރު އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ރައީސް ސޯލިހްގެ ކޯލީޝަނާއި ގާސިމްގެ ކޯލީޝަނާއި ދެމެދުގައި ކަމަށް ބެލެވެއެވެ.
ރައީސް ސޯލިހްގެ ފެކްޝަންގައި އަދާލަތު އަދި އެމްޑީއޭ އޮތް އިރު ގާސިމްގެ ފެކްޝަނާއެކު ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" (އެފްޑީ) ފެކްޝަނުން ވަނީ ކޯލީޝަން ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް