ކުރީގެ މަޖިލިސް މެންބަރު އެވިލާ ޖޭޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އެޑްރެސްކޮށް އެވިލާ ލިޔުއްވާފައިވާ އިސްތިއުފާގެ ސިޓ...

31 Mar 2023 | 10:41

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އެޑްރެސްކޮށް އެވިލާ ލިޔުއްވާފައިވާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި، ގާސިމާއެކު ނުހަނު ބުރަކޮށް މަސައްކަތް ކުރެވުނީތީ އުފާކުރާ ހާލު، މި ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ގައުމުގެ ހަމަޖެހުމަށް ކުރައްވައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަނެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެވިލާއާއި އެވިލާ އާއިލާ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާފައިވާތީ ޖޭޕީން ވަކިވާ ކަމަށެވެ.

އެވިލާ ޖޭޕީން ވަކިވެފައިވާއިރު އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހް އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސޯނީ އާއި ވަލީދާ ވަނީ އިއްޔެ ޖޭޕީން ވަކިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް