މާރުކޭޓު ގޮޅިތަކުގައި ފުވައްމުލަކު ދޮން އަނބު ތިޔާގި ވެއްޖެއެވެ.
ބައެއް ގޮޅިވެރިން މިއަދު ބުނީ ގިނަ އަދަދެއްގެ ދޮން އަނބު ފުވައްމުލަކުން ލިބިފައިވާކަމަށާއި ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު މަދުނުވެ ދޮން އަނބު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ފުވައްމުލަކު ދޮން އަނބު މާރުކޭޓުގައި އާންމުގޮތެއްގައި ވިއްކަން ހުރީ 10 ނުވަތަ 11 އަނބު 100 ރުފިޔާގެ މަގުންނެވެ. އަނބު ސެޓެއް ގަންނަ ނަމަ ކޮންމެ ގޮޅިއަކުންވެސް އިތުރު ދެ އަނބު ތިން އަނބު ދޭނެ ކަމަށްވެސް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް