ތިލަފުށީގެ ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަން ހާމަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ދެންމެ ބުނީ ތިލަފުށީގެ ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި ކަމަށެވެ.
އަލިފާން ގަނޑުގެ ބޮޑުބައި މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އަދި މީގެ އިތުރުން އެޗްޑީސީން ބުނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފާއި އެކު އެ ކޯޕަރޭޝަނުގެ މުވައްޒަފުން ވެސް އަންނަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް