ގއ. ކަނޑުހުޅުދޫގައި ސައިކަލާއެކު ޒުވާނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ ރަށުގައި އުމުރުން 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 04:25 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާކަމަށް ފުލުހުންނަށް ރިޕޯޓްކުރިކަމަށެވެ.
"އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
އެ ރަށުގެ ކައުންސިލާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނިޔާވި މީހާގެ ފަޔާއި ސައިކަލު ވާގަނޑަކުން އައްސާފައިވެއެވެ. އެހެން ނަމަވެސް ފުލުހުން މިފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް