އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުން ފާއިތު ތިން ހަތަރު އަހަރު ޖޭޕީގެ ކަމެއްގައި އުޅެފައިނުވޭ: އިލްހާމް

އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުން ނަމެއްގައި ޖޭޕީއޭ ކިޔައިގެން ތިއްބަސް ފާއިތުވި ތިން ހަތަރު އަހަރުވެސް ޕާޓީގެ ކަމެއްގައި، ހަރަކާތެއްގައި އުޅެފައިނުވާ ބޭފުޅުން ކަމުގައި ޖޭޕީގެ ލީޑަރުގެ ސްޕެޝަލ...

31 Mar 2023 | 06:46

އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުން ނަމެއްގައި ޖޭޕީއޭ ކިޔައިގެން ތިއްބަސް ފާއިތުވި ތިން ހަތަރު އަހަރުވެސް ޕާޓީގެ ކަމެއްގައި، ހަރަކާތެއްގައި އުޅެފައިނުވާ ބޭފުޅުން ކަމުގައި ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވެފައިވަނީ މިއަދު އަދަދު ނޫހުގައި "ގާސިމްގެ ބޮޑު ނިންމުމާއި، ޕާޓީގެ މެންބަރުން ޕާޓީ ދޫކުރަން ފެށުން" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމަށް ދީފައިވާ ރައްދެއްގައެވެ.

"އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުން، ނަމުގައި ޖޭޕީގައި ކިއުއްވިޔަސް ޖޭޕީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ވޭތުވެދިޔަ ތިން ހަތަރު އަހަރު އުޅުއްވާފައެއް ނުވޭ" އިލްހާމް ވިދާޅުވެފައިވެއެވެ.

https://twitter.com/ilhammaldives/status/1641682895390777344

އިލްހާމް އިތުރަށް ވިދާޅުވެފައިވަނީ އެ ފަރާތްތައް އުންމީދުކޮށްގެން ތިބީ ވަކި ގޮތަކަށް ކަމަށާއި އެމަގަށް ގެންދެވޭތޯ ވަރަސް ޓްރައިވެސް ކުރެއްވި ކަމަށެވެ.

ޖޭޕީން އިއްޔެ ވަކިވި ފަރާތްތަކުގެ ތެރޭގައި ކަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ސޯނީ އަދި ވަލީދާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް