ބޯހިމެނުން 2022: އާބާދީގެ 41 އިންސައްތަ މާލޭގައި

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލޭގައި ކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ބޯހިމެނުން 2022 ގެ އަސާސީ ނަތީޖ...

31 Mar 2023 | 06:05

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލޭގައި ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ބޯހިމެނުން 2022 ގެ އަސާސީ ނަތީޖާގައެވެ.

ބޯހިމެނުން 2022 އިން އެނގުނު ގޮތުގައި ރާއްޖޭގެ މިވަގުތުގެ ޖުމްލަ އާބާދީ އަކީ 515،122 އެވެ. އެއީ 382،751 ދިވެހިންނާއި 132،371 ބިދޭސީންނެވެ.

މާލެއަށް އެކަނި ބަލާލާއިރު ޖުމުލަ 212،138 މީހުން ދިރިއުޅެނީ މާލޭގައެވެ. އެއީ 161،108 ދިވެހިންނާއި 51،030 ބިދޭސީންނެވެ. ރަށްތަކުގައި ޖުމްލަ 236،747 މީހުން ދިރިއުޅޭއިރު އެއީ 204،244 ދިވެހިންނާއި 32،470 ބިދޭސީންނެވެ.

މާލެ އާއި ރަށްރަށުގެ އާބާދީގެ ތަފާސް ހިސާބުތަކަށް ކުރީ އަހަރުތަކާއި އަޅާ ބަލާލާއިރު 2000 ވަނަ އަހަރު މާލޭގައި ދިރިއުޅުނީ އާބާދީގެ އެންމެ 27 އިންސައްތަ އެވެ. ރަށްރަށުގައި 73 އިންސައްތައެވެ. 2006 ވަނަ އަހަރު މާލޭގައި 35 އިންސައްތަ އަދި ރަށްރަށުގައި 65 އިންސައްތައެވެ. 2014 ވަނަ އަހަރު މާލޭގައި 39 އިންސައްތަ އަދި ރަށްރަށުގައި 61 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް