ލ. ގަން ތުނޑީ ރަމަޟާން ކަޕް: ކަންމަތި އެސްސީ އާއި އައުޓްރީފް އެސްސީ އަދި އަނދިރިއަންސް ފުރަތަމަ މޮޅު ހޯދައިފި

ލ. ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕްގައި ރޭ ކުޅުނު މެޗުތަކުން ކަންމަތީ އެސްސީ އާއި އައުޓްރީސް އެސްސީ އަދި އަދިރިއަންސް މޮޅުވެއްޖެއެވެ. ރަސްހިންނެ ޑިޓްރޮއިޓްްސް އާއި ވާދަކޮށް ކަންމަތި އެސްސީން މެޗު ކ...

31 Mar 2023 | 05:47

ލ. ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕްގައި ރޭ ކުޅުނު މެޗުތަކުން ކަންމަތީ އެސްސީ އާއި އައުޓްރީސް އެސްސީ އަދި އަދިރިއަންސް މޮޅުވެއްޖެއެވެ.

ރަސްހިންނެ ޑިޓްރޮއިޓްްސް އާއި ވާދަކޮށް ކަންމަތި އެސްސީން މެޗު ކާމިޔާބު ކުރީ 0-10 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ކަންމަތީ އެސްސީއަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ޙަލީމް އާއި އިބްރާހީމް ޝަރީފް، އަބްފުﷲ އަރީފް، އިބްރާހީމް ސިނާހު އަދި އަބްދުލް މަތީންއެވެ. މި މެޗުގައި އަޙުމަދު ޙަލީމް ފަސް ލަނޑު ޖެހިއެވެ. އަދި އިބްރާހީމް ޝަރީފް ދެ ލަނޑު ޖެހިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފަސް ލަނޑު ޖެހި އަޙުމަދު ޙަލީމްއެވެ.

ރަސްހިންނެ އެސްސީއާއި ވާދަކޮށް އައުޓްރީފް އެސްސީ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި އައުޓްރީފަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު މުޙައްމަދާއި އިބްރާހީމް ޝަމީރުއެވެ. އަދި ރަސްހިންނެގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ނާއިލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އައުޓްރީފްގެ އަޙުމަދު މުޙައްމަދުއެވެ.

ފޮއެމަތި އެސްސީއާއި ވާދަކޮށް އަދިރިއަންސް މެޗު ކާމިޔާބު ކުރީ 0-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި އަދިރިއަންސް އަށް ލަނޑުތައް ޖަހައިދިނީ އިބްރާހީމް ނަޒީލް، އަލީ ޒިޔާން، އަޙުމަދު ހާފިޒް އަދި މުޙައްމަދު ފަޒީލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ދެ ލަނޑު ޖެހި އަލީ ޒިޔާންއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗު މިރޭވެސް ކުޅޭނެއެވެ.

މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

21:30 ފޮއެމަތި – ބެސްޓް ބޯއީސް

22:30 ޑީކޭއެންޒެށް އެސްސީ – ސުބަރު

23:30 ސްޕާކް ޕްލަގް – ވައިއާރުސީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް