ބޮލީވުޑްގައި ކުރިއަރަމުން އަންނަ އަދި އެންމެ ބިޒީ ތަރިންގެ ތެރޭގައި ހިމެނޭ ރަކުލް ޕްރީތް ސިންގް ބޮމްބޭ ޓައިމްސްއާ ވާހަކަ ދައްކަމުން ބުނީ ރާއްޖޭގައި ހޭދަކުރި ވެކޭޝަންގައި އޭނާ ލޯބި ކުރި އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ބުނީ ގޮނޑު ދޮށުގައި އިނދެ ރާޅުތަކުގެ އަޑުއަހާ،އިރު އޮއްސޭ މަންޒަރު ބަލާ، މަސްބާނާފައިވާ ކަމަށެވެ.
މީގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތައް ކަމުގައިވާ ސްކޫބާ ޑައިވިން، ޖެޓް ސްކީ ސަފާރީ، ވޯޓާ ބޯޑިން އަދި ސްނޯކްލިން ފަދަ ހަރަކާތްތަކުގައި ޗުއްޓީގެ ކޮންމެ ދުވަހެއް ހޭދަކޮށްފައިވާ ކަމަށް އެކްޓްރެސް ރަކުލް ބުނެފައި ވެއެވެ.
އަދި ރަކުލް ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ދުވަސްތަކުގެ އުފާވެރި ތަޖުރިބާތައް އަބަދުވެސް ހަނދާން ހުންނާނެ ކަމުގައި ފާހަގަކޮށްފައެވެ.
ރަކުލް ފިލްމީ ދާއިރާއަށް ނިކުތީ 2014 ވަނަ އަހަރު ތަމިލް ފިލްމަކުންނެވެ. ރަކުލް އެންމެ ފުރަތަމަ ބޮލީވުޑުން ފެނިގެންގޮސްފައި ވަނީ ހަމަ އެއަހަރު ނިކުތް “ޔާރިޔާން” ފިލްމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް