ތަޅުން ދަށުން ހޯދި ޑްރަގާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއްގެ ތަޅުން ދަށުގައި ފޮރުވާފއި ހުއްޓަ އަތުލައިގަތް މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ މައުލޫމާތު އާންމު ކޮށްފި އެވެ. މި އޮޕަރޭޝަންގައި 42 ކިލޯގެ މ...

31 Mar 2022 | 11:51

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއްގެ ތަޅުން ދަށުގައި ފޮރުވާފއި ހުއްޓަ އަތުލައިގަތް މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ މައުލޫމާތު އާންމު ކޮށްފި އެވެ.

މި އޮޕަރޭޝަންގައި 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. މި އޮޕަރޭޝަން ހިންގީ މިމަހުގެ24 އަދި25 ވަނަ ދުވަހު އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިންއާއި މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދު އެވެ.

އެމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވެއެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޢަބްދުﷲ ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަޙްމަދު ޙުސައިންގެ ބަންދަށް 10 ދުވަސް ދީފައިވެއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް