ޑަބްލިއުޑީސީގެ މެމްބަރުންނަށް ރޯދަ އެލަވަންސް ނުލިބޭ މައްސަލަ އެލްޖީއޭއަށް ހުށަހަޅައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ނުލިބޭ މައްސަލަ ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ. މި މައްސަލަ އެލ...

31 Mar 2022 | 11:40

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ނުލިބޭ މައްސަލަ ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ އެ އޮތޯރިޓީގެ ބޯޑުގައި އަތޮޅު ކައުންސިލްތައް ތަމްސީލް ކުރައްވާ ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.

ނިމާލް މިއަދު ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން ގަވައިދުތަކާއި ގާނޫނުތަކަށް އިސްލާހު ގެނެސްގެން ވިޔަސް އަންހެނުންގެ ކޮމިޓީތަކަށް އެލަވަންސް ދޭން ޖެހޭ ކަމަށެވެ.

ނިމާލް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާ ނަމަ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭނެ ކަމަށެވެ. ވަޒީފާ އަދާކުރާ ހުރިހާ މުސްލިމު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ގާނޫނު ލާޒިމުކުރާއިރު އަންހެނުންގެ ކޮމިޓީގެ މެންބަރުން އެ އެލަވަންސުން މަހްރޫމްކުރާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހޯމަ ދުވަހު ރޯދަ އިނާޔަތް ދީ ނިންމަން ދައުލަތުގެ އިދާރާތަކަށް ހަނދާންކޮށްދީފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ރޯދަ އިނާޔް ނުލިބޭ ބައެއް މުވައްޒަފުން އެބަތި ކަމަށް މައުލޫމާތު ލިބެ އެވެ.

ރޯދަ އެލަވަންސްގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް