އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ކޭކު ފެޅުމުގެ ރަސްމިއްޔާތަކާއެކު ފާހަގަ ކޮށްފި އެވެ.
މިއަދު ބޭއްވުނު އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި ވަނީ އަހަރީ ދުވަހުގެ ކޭކު ފަޅާފައެވެ. ކޭކު ފަޅުއްވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކުންފުނީގެ ބޯޑު މެމްބަރުންނާއި އަދި އިސްވެރިން ނެވެ.
އެ ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ކާމިޔާބު ދިގު ދަތުރާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެމްޑަބްލިއުއެސްސީ އުފައްދަން މަސައްކަތް ކުރިއިރު ހާލަތު އޮތް ގޮތް ކައިރިން ދެކިވަޑައިގެންނެވި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުން ކަމަށްވާ އިރު އެކަމުގައި އެމްޑަބްލިއުއެސްސީގެ ބޮޑު ރޯލެއް އެބައޮތް ކަމަށް ޝާހް ގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ.
މި ޖަލްސާގައި ޝާހު ވަނީ އެކުންފުނީގެ ފުލެޓްތަކުގެ ތެރެއިން ފުރަތަމަ ޓަވަރުގެ މަސައްކަތް ނިމި ޖޫން މަހު ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް