ކޭކު ފެޅީ ހަމަ ތާޖް މަހަލް ގޯތީގައި: ކައި

މަޝްހޫރު މޮޑެލް ކައިޒީން އޭނާގެ މި އަހަރުގެ އުފަންދުވަހު ކޭކު ފެޅި ތަނާއިމެދު ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުން އަންނައިރު އެ ކޭކު ފެޅީ ހަމަ ތާޖް މަހަލް ގޯތީގައި ކަމަށް އޭނާ ބުނެފިއެވެ. ސެކިއުރިޓީ...

31 Mar 2022 | 09:47

މަޝްހޫރު މޮޑެލް ކައިޒީން އޭނާގެ މި އަހަރުގެ އުފަންދުވަހު ކޭކު ފެޅި ތަނާއިމެދު ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުން އަންނައިރު އެ ކޭކު ފެޅީ ހަމަ ތާޖް މަހަލް ގޯތީގައި ކަމަށް އޭނާ ބުނެފިއެވެ.

ސެކިއުރިޓީ ވަރަށް ވަރުގަދަޔަށް ބަލަހައްޓަމުން އަންނަ ތާޖް މަހަލްގެ ގޯތިތެެރެއަށް އުސޫލެއްގެ ގޮތުން ވެއްެދެނީ ހަމަ އެކަނި ވޮލެޓާއި ފޯނާއި ކެމެރާއެވެ. ކާއެއްޗެއް ވެއްދުމަކީ މުޅިންހެން މަނާ ކަމެކެވެ.

ނަމަވެސް ކައި ބުނެފައިވަނީ އެތާނގެ ސެކިއުރިޓީ ކުރެން އެކަމަށް އެދުމުން އެ ހުއްދަ ދިނީ ކަމަށެވެ.

ނަމަވެސް ކޭކު ފަޅާ ފޮޓޯއިން ތާޖު މަހަލް ފެންނަނީ ތަންކޮޅެއް ދުރުންނެވެ. ތާޖް މަހަލާ ކައިރީގައި ހުންނަ ތާޖް ހޮޓެލްއިންވެސް ތާޖް މަހަލް ފެންނަނީ ހަމަ އެހާ ހިސާބުންނެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނަނީ ކައި ދިވެހިންނަށް އޮޅުވާލީ ކަމަށެެވެ. ކޭކު ފެޅީ ތާޖް މަހަލް ގޯތި ތެރޭގައި ނޫން ކަމަށާއި ކޭކު ފެޅީ ތާޖް ހޮޓެލްގެ ގޯތި ތެރޭގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި މި ބަހުސް ހޫނު ވެފައިވާއިރު ދުވަހުން މި ސުވާލު ކައިއަށް ކުރުމުން ކައި ތަކުރާރުކޮށް ބުނީ އެއީ ތާޖް މަހަލް ގޯތި ތެރެ ކަމަށެެވެ.

"އެއީ ހަމަ ތާޖް މަހަލް ގޯތި ތެރެ، މި އަރަނީ ފްލައިޓަށް ފަހުން ހަބަރެއްވެލިޔަސް އޯކޭތަ؟" ކައި ބުންޏެވެ.

ކައި އަކީ ރާއްޖޭގައި އެންމެ މަޝްހޫރު ސޯޝަލް މީޑިއާ އެއް އައިކަން އެވެ. މަގްބޫލު މޮޑެލްއެކެވެ. ހާއްސަގޮތެއްގައި ޒުވާން ފިރިހެންކުދިންނަށް ވަރަށް ކަމުދާ ކެރެކްޓާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް