ތުރުކީގެ ހާގިއާ ސޯފިއާގައި 88 އަހަރު ފަހުން މި އަހަރު ރޯދަމަހު ތަރާވީހް ނަމާދު ކުރާނެކަން ހާމަކޮށްފިއެވެ.
ހާގިއާ ސޯފިއާއަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނޭ އެތައް ގަރުނެއްވެފައިވާ ބިނާއެކެވެ.
1500 އަހަރު ކުރިން ރޫމީން ބިނާކުރި މި ބިނާ 900 އަށްވުރެ ގިނަ އަހަރު ފައްޅިއެއްގެ ގޮތުގައި އަދި ފަހުން މިސްކިތެއްގެ ގޮތުގައިވެސް ބޭނުންކުރިއެވެ. އެއަށްފަހު 1934 އިން ފެށިގެން މި ބިނާ ބޭނުންކުރަމުން ގެންދިޔައީ ދާރުލްއާސާރެއްގެ ގޮތުގައެވެ.
ނަމަވެސް އެ ގައުމުގެ މިހާރުގެ ރައީސް އުރުދުޣާން ވަނީ 2020 ވަނަ އަހަރު މި ބިނާ މިސްކިތަަކަށް ބަދަލުކޮށްފައެވެ. މިސްކިތަަކަށް ބަދަލުކޮށް ނަމާދުކުރުން އެ މިސްކިތުގައި ކުރިއަށްގެންދިޔަ ނަމަވެސް ރޯދަމަހުގެ ތަރާވީހް ނަމާދު އެ މިސްކިތުގައި ކޮށްފައެއް ނުވެއެވެ. އެއީ ކޮވިޑުގެ ހާލަތާއި ގުޅިގެންނެވެ. ނަމަވެސް މި އަހަރުގެ ރޯދަމަހު އެ މިސްކިތުގައި ތަރާވީހް ނަމާދު ކުރާނެކަން ތުުރުކީން މިވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް