ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތް ކުރި ފުލެޓްތަކުގެ ތެރެއިން ފުރަތަމަ ޓަވަރު ނިންމައި އަންނަ ޖޫން މަހު ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ފުލެޓްތަކުގެ ތެރެއިން ފުރަތަމަ ޓަވަރު މޭ މަހުގެ ނިޔަލަށް ނިންމަން މިހާރު ވަނީ ކޮންޓްރެކްޓަރަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ޓަވަރުގެ 95 އިންސައްތަ ނިމިފައިވުމާ އެކު ޖޫން މަހު ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ކުރިން ހުޅުވާލި ފުރުސަތުގައި ބައެއް މުވައްޒަފުން ފޯމް ހުށަހަޅާފައި ވީ ނަމަވެސް އިތުރު ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.
އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ކޮންމެ ޓަވަރެއްގައި 199 ފްލެޓް ހަދާނެ އެވެ. އޭގެ ތެރެއިން 50 ފްލެޓް ދޭނީ ސަރުކާރަށެވެ. ބާކީ ފްލެޓުތައް ދޭނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް