ސައިފްގެ ކޮންމެ 10 އަހަރަކަށް ދަރިއަކު އެބަ ހޯދާ – ދެން ނުވާނެ ކަމަށް ބުނެފިން: ކަރީނާ

އިތުރު ދަރިއަކު ހޯދުމުގެ ވިސްނުން ދޫކޮށްލަން ސައިފް އަލީ ޚާން ގާތު ބުނެފައިވާނެކަމަށް އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ބުނެފިއެވެ. ކަރީނާ ކަޕޫރު މިހެން ބުނެފައިވަނީ ވޯގަށް ދިން އިންޓަވިއުއެއްގައެވެ. ކަ...

31 Mar 2022 | 09:18

އިތުރު ދަރިއަކު ހޯދުމުގެ ވިސްނުން ދޫކޮށްލަން ސައިފް އަލީ ޚާން ގާތު ބުނެފައިވާނެކަމަށް އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ބުނެފިއެވެ.

ކަރީނާ ކަޕޫރު މިހެން ބުނެފައިވަނީ ވޯގަށް ދިން އިންޓަވިއުއެއްގައެވެ.

ކަރީނާ ބުނީ ސައިފްގެ އުމުރުގެ ކޮންމެ 10 އަހަރަކަށް ބަހާލައިގެން ދަރިއަކު އެބަ ހޯދާ ކަމަށެވެ. އެގޮތުން ވިހީގެ އަހަރުތަކުގެ ތެރޭގައި ތިރީހުގެ އަހަރުތަކުގެ ތެރޭގައި ސާޅީހުގެ އަހަރުގެ ތެރޭގައި އަދި އެންމެ ފަހުން އެ ދެމަފިރިންގެ ދަރި، ޖެހެންގީރު ލިބުނީ ސައިފްގެ އުމރުން ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ.

"ފަސްދޮޅަހުގެ އަހަރުތަކުގައި ދަރިއަކު ހޯދުމުގެ ވިސްނުން ނުގެންގުޅުމަށް ވާނީ ބުނެފައި" ކަރީނާ ބުނެފައިވެއެވެ.

ސައިފްގެ ހަތަރު ދަރިން ތިބެއެވެ. އެއީ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނާއި ކަރީނާއަށް ލިބިފައިވާ ދެ ދަރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް