މި ހަފްތާގައި ފެށި މޯލްޑިވިއަނުން ލަންކާގެ ދަތުރުތައް މެދުކަނޑާލައިފި

ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ރަސްމީކޮށް ދަތުރުފަށާ ތިން ދަތުރަށް ފަހު މެދުކަނޑާލައިފި އެވެ. އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ލަންކާ އަ...

31 Mar 2022 | 08:54

ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ރަސްމީކޮށް ދަތުރުފަށާ ތިން ދަތުރަށް ފަހު މެދުކަނޑާލައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ލަންކާ އަށް ދަތުރުތައް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ ފްލައިޓްތަކަށް ބުކިން ލިބުނީ ވަރަށް މަދުން ކަމަށާއި، ފްލައިޓްތައް ކެންސަލް ކުރި ނަމަވެސް މިހާރު ބުކިން ހައްދާފައިވާ މީހުންނަށް އެހެން ފްލައިޓްތަކުން ޖާގަ ހޯދައިދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކަމަކު އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މެދުކަނޑާލީ ކުރިޔަށް ރޯދަ މަސް އޮތުމުން ކަމަށެވެ. އެ ކުންފުނިން ބުނީ ރޯދަ މަހު ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާތީ އެ މަހު މޯލްޑިވިއަންގެ ކޮލަމްބޯ ދަތުރުތައް މެދުކަނޑާލާނެކަން ކުރިންވެސް އަންގާފައިވާނެ ކަމަށެވެ.

އަދި ރޯދައިގެ ފަހުން އަލުން އެ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ބުނެފައިވެ އެވެ.

ދަތުރުތައް މެދުކަނޑާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން ހާމަ ކުރީ ދެ ގައުމުގެ ދެމެދުގައި ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި އެވެ.

ލަންކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމީ އެއީ ގިނަ ދިވެހިން އުޅޭ ލަންކާގެ އެ ސަރަހައްދުގައި އުޅޭތީ އާއި ދަތުރުތައް ފެށުމާ އެކު ގިނަ ދިވެހިންނަށް ލުއިތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް މީގެ ކުރި މޯލްޑިވިއަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް