އާރަށް މައްސަލާގައި ޔާމިނުގެ ފަރާތުން 18 ހެކި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ވ. އާރަށުގެ މައްސަލައިގެ ދެ ދައުވާ އިން ދިފާއުވުމަށް 18 ހެކި ހުށަހަޅައިފި އެވެ. ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑު އެހުމުގައި އޮތީ މި މައ...

31 Mar 2022 | 08:43

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ވ. އާރަށުގެ މައްސަލައިގެ ދެ ދައުވާ އިން ދިފާއުވުމަށް 18 ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑު އެހުމުގައި އޮތީ މި މައްސަލައިގައި ދައުވާ ލިބޭ ދެ ފަރާތުން ދިފާއީ ހެކި ހާމަކުރުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދިފާއީ 18 ހެކި ހުށަހަޅުއްވާފައިވާ އިރި އެއީ ހަތް މީހަކާއި 11 ލިޔުމެކެއެވެ.

މި މައްސަލަ އާއި ގުޅޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ފަރާތުން ދިފާއުގައި ހުށަހެޅީ 13 ހެއްކެކެވެ. އެއީ ތިން މީހަކާއި 10 ލިޔުމެކެވެ.

އެ މައްސަލަ މިހާރު އޮތީ މަދަނީ މިންގަނޑުން ހެކިތަކަށް ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ. އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ވަކި އަޑުއެހުމެއް ބާއްވަން ޔާމީންގެ ވަކީލުން މިއަދު އެދިވަޑައިގަތެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބޭއްވުމަށެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާ އިރު ނައީމުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް