ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ 12 ދަރިވަރަކަށް އެ ޔުނިވާސިޓީން ސްކޮލަޝިޕް ދީފި އެވެ.
މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާ ސްކޮލަޝިޕްތައް ހަވާލު ކޮށްދެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ. އެ ރަސްމިއްޔާތުގައި ޔުނިވާސިޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އަހަރުގެ ފުރަތަމަ ޓާމުގެމި ސްކޮލަޝިޕް 12 ދަރިވަރަކަށް ދީފައިވާ އިރު އަލަށް ކޯސްތަކަށް ވަންނަ ދަރިވަރުންގެ ތެރެއިން އެމްއެންޔޫއިން ސްކޮލަޝިޕް ދެނީ ކިޔެވުމަށް މޮޅު ނަމަވެސް މަތީ ފެންވަރަށް ކިޔަވަން ދަތިވާ ދަރިވަރުންނަށެވެ.
ޓިއުޝަން ފީ ހިލޭ ކޮށްދޭ ސްކޮލަޝިޕާއި އަންޑަ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕްތައް ހިމެނޭހެން އެ ޔުނިވާސިޓީން ވަނީ 24 ފުރުސަތު ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް