އެމްޓީސީސީން ތަރައްޤީކުރާ ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އަޅައިފި

އެމްޓީސީސީން ހއ. ހޯރަފުށީގައި ތަރައްޤީ ކުރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ބިންގާ އަޅުއްވައިދެއް...

31 Mar 2022 | 05:57

އެމްޓީސީސީން ހއ. ހޯރަފުށީގައި ތަރައްޤީ ކުރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް އަޙުމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އިމްދާޙް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ  އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫޢަކީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާ، ޚިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމުގައެވެ.

އެމްޓީސީސީން ހާމަކުރާ ގޮތުގައި ރާއްޖޭގެ މުސްތަޤުބަލް ކަމުގައިވާ ޅަ ދަރިންގެ ޢިލްމާއި ޙިލްމު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެކުންފުނީގެ ސަޤާފަތުގައި ހިމެނޭކަމެކެވެ. އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ގާތުން އެކުންފުނިން މަސައްކަތް ކުރާކަމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް