ޔާމީން ކުރެއްވި އިޝާރާތަށް ޖޭޕީގެ ޝައުގުވެރިކަން ނެތް ކަން ހާމަކޮށްފި

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އިޝާރާތަށް ޝައުގުވެރިކަން ނެތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. ޔާމީން އެފަދަ އިޝާރާތެއް ކުރެއްވީ ޅ. ކުރެންދޫ ކައުންސިލުގެ ރައީސްގ...

31 Mar 2022 | 05:42

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އިޝާރާތަށް ޝައުގުވެރިކަން ނެތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޔާމީން އެފަދަ އިޝާރާތެއް ކުރެއްވީ ޅ. ކުރެންދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި އިއްޔެ ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ އެމްޑީޕީއަށް ރާއްޖޭގެ މެޖޯރިޓީ ތާއީދު ނެތް ކަމަށެވެ.

އެމަމިނކުފާނު ވިދާޅުވީ ފިކުރުގެ ގޮތުން ޖޭޕީން ކައިރީ އެމްޑީޕީގެ ފިކުރާ ނަމަވެސް, އެޕާޓީގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ. އަދި އެޕާޓީއަށް ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންތަކެއް ގޮސްފައިވާތީ, ކޯލިޝަނަކާއެކު މަސައްކަތް ކުރެވޭ ނަމަ އެ ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ވާހަކަފުޅާއި ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާޏު އަލީ ސޯލިހު ވިދާޅުވީ އެއްވެސް ބަޔަކާއި އެކު ކޯލިޝަނެއް ހަދަން ނޫޅޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާއި ގުޅޭގޮތުން އެއްވެސް ބަޔަކާއި ވާހަކަ ދައްކައި މަޝްވަރާވެސް ކުރަމުން ނުދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް