މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތަށް ފުޅާކޮށް، އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ކެމްޕެއިނެއް ފައްޓައިފި އެވެ.
ރޭ ކްރޮސް ރޯޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ހިދުމަތްތައް ޑިޖިޓަލްކުރުމުގެ ކެމްޕެއިން "ޕޯޓް ޑިޖިޓަލްކޮށް" އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހުސެއިން އެވެ. އެ ރަސްމިއްޔާތުގައި އެމްޕީއެލް އާއި ކަސްޓަމްސްގެ އިސްވެރިންނާއި ޝިޕިން ލައިންތަކާއި މުދާ ކްލިއާ ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނަކީ ވިޔަފާރި ބަނދަރުން ދޭ ހުރިހާ ހިދުމަތެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ދީ، ޕޯޓްތަކަށް އަންނަ މުދާ ކްލިއާ ކުރުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެ ކެންޕޭނެކެވެ. އަދި މި ކެންޕޭނުގެ ސަބަބުން ކުންފުނީގެ މަސައްކަތަކަށްވެސް ބޮޑެތި ލުއިތައް ލިބިގެންދާނެ ކަމަށް އެ ކުން ފުނިން ބުނެއެވެ.
ޑިޖިޓަލައިޒޭޝަން ކެމްޕޭނުގެ ދަށުން "ބަނދަރު" ޕްލެޓްފޯމާއި "އީ ގޭޓް ޕާސް" އެ ކުންފުނިން ވަނީ ތައާރަފު ކޮށްފަ އެވެ.
ބަނދަރު ޕްލެޓްފޯމަކީ ޕޯޓުން ދޭ ގިނަ ހިދުމަތްތައް އެއް ޕްލެޓްފޯމެއްގެ ދަށުން އޮންލައިންކޮށް ލިބޭ ޕްލެޓްފޯމެކެވެ. އަދި އީ ގޭޓް ފާހަކީ މުދާ ކްލިއާ ކުރުމުގެ ލިޔުން އޮންލައިންކޮށް ހޯދަން ތައާރަފު ކުރި ހިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް