ރާއްޖޭގެ މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފުލުއެންޒާ، ކައިޒީންގެ އުފަން ދުވަސް މިއަހަރު ފާހަގަ ކުރީ އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް ކައިރީގައި އެވެ.
ކައިޒީން އަކީ އުފަން ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ވަރުގަދަ، ބޮޑު އަދި ތަފާޓު ފޮޓޯ ޝޫޓެއް ބާއްވާ މީހެކެވެ. މިއަހަރުވެސް ވަނީ މުޅިން ތަފާތު ތީމްއެއްގެ ފޮޓޯ ޝޫޓެއް ބާއްވާފަ އެވެ.
ކައި ވަނީ އުފަން ދުވަސް ފާހަގަ ކުރުމަށް ތާޖް މަހަލް ކައިރީ ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ދެ ހެދުމެއްގައި ފޮޓޯތައް ނަގާފައި ހުރި އިރު އެ ހެދުންތަކަކީ އިންޑިއާން ސްޓައިލަށް ޑިޒައިންކޮށް ފަރުމާކޮށްފައިވާ ހެދުންތަކެކެވެ.
ކޭކުވެސް އިންޑިއަ ން ސްޓައިލަކަށް ހަދާފައި ހުރި ކޭކުގައި ބޮޑަށް ބޭނުންކޮށްފައިވަނީ ކަޅު ކުލަ އެވެ. ކޭކާއި ގުޅުވާލައި އޭނާ ލާފައި ހުރީ ކަޅުކުލައިގެ އިންޑިއަން ހެދުމެކެވެ. އަތުގައި ބޮޑު ކަނޑިއެއްވެސް އޮތެވެ.
މި ފޮޓޯތައް ހިއްސާ ކުރުމަށް ފަހު ކައިޒީން އިންސްޓަގްރާމްގައި ބުނެފައިވަނީ އިތުރު 365 ދުވަސް ވީ ކަމަށެވެ. އެހެން ބުނެފައިވަނީ އަނެއްކާވެސް އަހަރެއް ވެގެން އޭނާގެ އުފަން ދުވަސް އައިމަ ކަމަށް ބެލެވެ އެވެ.
އަދި ތާޖް މަހަލް އާއި އެއީ ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބުކަން ކެޕްޝަންގައި ފާހަގަކޮށްފައިވެ އެވެ.
https://www.instagram.com/p/Cbux7IKpxsJ/
ކައިގެ އުފަންދުވަހަކީ މާޗް 30 ވަނަ ދުވަހެވެ. ކައި މީގެ ކުރީ އަހަރުތަކުގައިވެސް އުފަން ދުވަސް ފާހަގަ ކުރަން ދުނިޔޭގެ މަޝްހޫރު ގައުމުތަކާއި ތަންތަނަށް ޒިޔާރަތް ކޮށްފައިވެ އެވެ.
މިދިޔަ އަހަރު އޭނާގެ އުފަން ދުވަސް ފާހަގަ ކުރަން ދިޔައީ ޔޫއޭއީގެ ދުބާއީއަށެވެ. ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރިޖު ހަލީފާ ކައިރީގައި އެ ދަތުރުގައި ފޮޓޯ ނަގާފައިވެ އެވެ.
ކައިޒީންގެ އިންސްޓަގްރާމް އެކައުންޓަކީ ގިނަ ބަޔަކު ފޮލޯ ކުރާ އެކައުންޓެކެވެ. މިހާރުވެސް އޭނާގެ 138 ހާސް ފޮލޯވަރުން އިންސްޓަގްރާމްގައި ތިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް