މިއަހަރު އެންމެ ގިނަ ވަގުތު ރޯދަ ހިފަން ޖެހޭ ގައުމުތައް!

މިއަހަރުގެ ބަރާކްތެރި ރަމަޟާން މަސް ފެށޭނެ ކަމަށް އިސްލާމީ ކަލަންޑަރުން ދައްކަނީ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާނީ މާދާމަރޭ ހަނދު ސާބިތު ކުރުމުގެ ޖަލްސާއިންނެ...

31 Mar 2022 | 03:02

މިއަހަރުގެ ބަރާކްތެރި ރަމަޟާން މަސް ފެށޭނެ ކަމަށް އިސްލާމީ ކަލަންޑަރުން ދައްކަނީ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާނީ މާދާމަރޭ ހަނދު ސާބިތު ކުރުމުގެ ޖަލްސާއިންނެވެ.

ކޮންމެ އަހަރެއްގައިވެސް ރޯދަ އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގ ތަފާތު ކަންކަމާއި މައުލޫމާތުތައް އާންމު ކުރެ އެވެ. އެގޮތުން މިއަހަރުވެސް އެފަދަ މައުލޫމާތުތައް އާންމު ކުރަމުންދާއިރު މިހާރު ވަނީ އެންމެ ގިނަ ވަގުތު ރޯދަ ހިފަންޖެހޭ ގައުމުތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.

ދުނިޔޭގެ އެހެން ހިސާބުތަކާ އަޅައިބަލާއިރު، ޔޫރަޕު ހިސާބުގެ ގައުމުގައި މުސްލިމުން ރޯދައަށް ތިބެން ޖެހޭ ވަގުތު ގިނައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު އެންމެ ގިނަވަގުތު ރޯދައަށް ތިބެންޖެހޭ ގައުމުތަކުގެ ތެރޭގައި ގްރީންލޭންޑާއި އައިސްލޭންޑު ހިމެނެ އެވެ. މި ދެ ގައުމާއި އެކު ފިންލޭންޑުގައި މިއަހަރު 20 ގަޑިއިރު ރޯދަ ހިފަން ޖެހެ އެވެ.

މި ތިން ގައުމަށް ރޯދަ މަހު މަޣްރިބު ނަމާދު ވަގުތު ވާނީ އެ ގައުމުތަކުގެ ގަޑިން ރޭގަނޑު 9:44 ގައި އެވެ.

ޖަރުމަނުވިލާތާއި ސްވެޑްންގައި 19 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު ޑެންމާކު، ޕޮލެންޑު، އިނގިރޭސިވިލާތް އަދި ކަޒަކިސްތާނުގައި 18 ގަޑިިއިރާ ބައި ވަންދެން ރޯދަ ހިފަން ޖެހެ އެވެ. ބެލްޖިއަމް އާއި ސްވިޓްޒަލޭންޑުގައި ރޯދަ ހިފަން ޖެހެނީ 18 ގަޑިއިރެވެ.

އިޓަލީ، ފްރާންސް އަދި ރަޝިއާގައި 17 ގަޑިއިރު ރޯދަ ހިފަން ޖެހެ އެވެ. ޗައިނާގައި 16 ގަޑިއިރާއި ބައި ވަންދެން ރޯދަ ހިފަން ޖެހޭއިރު އެމެރިކާގައި ރޯދަ ހިފަން ޖެހެނީ 16 ގަޑިއިރެވެ.

ޕާކިސްތާނުގައިވެސް 16 ގަޑިއިރު ރޯދަ ހިފަން ޖެހެ އެވެ. އަވައްޓެރި އިންޑިއާގައި ރޯދަ ހިފަން ޖެހެނީ 15 ގަޑިއިރު އެވެ.

ރޯދަ ހިފަން ޖެހޭ ވަގުތަށް ބަލާއިރު އުތުރު އަދި ދެކުނު ތަނޑީގައި ވާ ގައުމުތަކަށް ރަމަޟާން މަސް އަންނަ ދުވަސްވަރެއްގެ ގޮތުން ރޯދަ ހިފަން ޖެހޭ ވަގުތު ދިގު ވެފައި ކުރުވެއެވެ.

މިއާއި ހިލާފަށް، ދުނިޔޭގެ މެދަށްވާ ގޮތަށް ހުންނަ ޤައުމުތަކުގައި މި ވަގުތުތަކަށް މާ ބޮޑަކަށް ބަދަލެއް ނާދެއެވެ. ސަބަބަކީ އެ ޤައުމުތަކަށް އިރު އޮއްސި، އިރު އަރާ ވަގުތުތަކަށް ބޮޑު ބަދަލެއް ނާންނާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް