ކުރީގެ ރައީސުންނަށް ނުކުރި އިހްތިރާމެއް މާދަމާ ނުކުރެވޭނެ ކަމުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރެއް ކަމުގައިވާ، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
އެމްޕީ ސައުދު މިހެން ވިދާޅުވެފައިވަނީ ކުރީގެ ތިން ރައީސުން ކަމުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އާއި އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފޮޓޯފުޅާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/SaudVillingili/status/847751763952254976
އެ ޓްވީޓްގައި އެމްޕީ ސައުދު، އިތުރަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނަކީ ގައުމުގެ ސިޔާސީ އެންމެ ބޮޑު ރައުސުލްމާލު ކަމަށެވެ. އަދި އިހުތިރާމް ކުރުން އެދިލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް