ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް އިތުރު 15 ދުވަސް

ގާބުރިއަކުން ޖަހައި ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކޮށްފި އެވެ. މި މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމުގެ ތުހުމަތުގަ...

31 Mar 2017 | 18:02

ގާބުރިއަކުން ޖަހައި ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކޮށްފި އެވެ.

މި މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ދުއްވައިގަތުމުން ރައީސް އޮފީހުގެ ސެކިއުރިޓީއަށް ތިބި ސިފައިން ނުކުމެއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިމިވަނީ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތަށް ފުރަތަމަ އިތުރު ކުރި ފަސް ދުވަސް ހަމަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް