ދިރާގުން އެކުންފުނީގެ މުވައްޒަފުންނާއި އާއިލާއަށް އިންފުލުއެންޒާ ވެކްސިން ޖަހައިދެނީ

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ H1N1 ވައިރަހުން ރައްކާތެރިވުމަށްޓަކައި ދިރާގުގެ ހުރިހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އިންފުލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމު  އެކުންފުނިން ...

31 Mar 2017 | 12:11

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ H1N1 ވައިރަހުން ރައްކާތެރިވުމަށްޓަކައި ދިރާގުގެ ހުރިހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އިންފުލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމު  އެކުންފުނިން ހަމަޖައްސައިފި އެވެ.

ދިރާގުގެ މުވައްޒަފުންނާއި އަދި މުޅި މުޖުތަމައުގެ ދުޅަ ހެޔޮ ކަމާއި ރަގަޅު ސިއްހަތަކީ އެކުންފުނިން ނުހަނު އިސްކަން ދޭ ކަމެއް ކަމަށް ދިރާގުން ބުނެ އެވެ.

"އިންފުލުއެންޒާ ވެކްސިން ޖެހުމުގެ ހަރަކާތް ދެ ދުވަހަކަށް ބަހާލައިގެން ދިރާގުގައި ކުރިއަށް ދާނެއެވެ. އެގޮތުން އިއްޔެ، 30 މާރިޗް 2017 ގައި ވަނީ މުވައްޒަފުންނާއި އާއިލާއަށް ދިރާގު ހެޑް އޮފީހުން ވެކްސިން ޖަހައިދީފައި އެވެ. އަދި ސެނަހިޔާ ހޮސްޕިޓަލާ ގުޅިގެން އިއްޔެ އެ ހޮސްޕިޓަލުގައި މުވައްޒަފުންގެ 3 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވަނީ ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސާފައި އެވެ. ދެން ވެކްސިން ޖެހުން އޮތީ މާދަމާ، 1 އެޕްރިލް 2017 ދިރާގު ހެޑް އޮފީހުގައިއެވެ." ދިރާގުން ބުނެ އެވެ.

ދިރާގުން އިތުރަށް ބުނީ މީގެ ދުވަސް ކޮޅެއް ކުރިން ދިރާގުގެ ހެޑް އޮފީހުގައި މުވައްޒަފުންނަށް އެމް.އެމް.އާރް ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ދިރާގުން ވަނީ ހަމަޖައްސާފައިވާކަމަށާއި  މީގެ އިތުރުން H1N1 ވައިރަހާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން އިންތިޒާމު ކުރި ކޯލް ސެންޓަރ ގާއިމު ކުރުމަށްވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް