އިއްޔެ ލ ފޮނަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރާ ގުޅިގެން ތިން ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގާ ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މި މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ބިދޭސީ މީހާ އޮތީ މަރާލާފައި ކަމުގައި ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވަނީ އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް