ބިދޭސީ މީހާ އޮތީ މަރާލާފައިކަމަށް ތުހުމަތު ކުރެވޭ: ޕޮލިސް

ދެދުވަސް ކުރިން ގެއްލިގެން ހޯދަމުން ދަނިކޮށް ލ ފޮނަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ އޮތޯ މަރާލާފައިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައ...

31 Mar 2017 | 05:57

ދެދުވަސް ކުރިން ގެއްލިގެން ހޯދަމުން ދަނިކޮށް ލ ފޮނަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ އޮތޯ މަރާލާފައިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން ރޭ ކޮށްފައިވާ ޓްވީޓެއްގަ އެވެ.

https://twitter.com/PoliceMv/status/847557746081677312

"ލ ފޮނަދޫ އިން މީގެ ދެ ދުވަސް ކުރިން ގެއްލުނު ބިދޭސީއަކު މަރުވެފައި އޮއްވާ މިއަދުވަނީ ފެނިފައި، މި މީހާ ގަސްދުގައި މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން" ފުލުހުންގެ ޓްވީޓްގައި ބުނެފައި ވެ އެވެ.

މަރުވެފައި އޮއްވާ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފޮނަދޫގެ ގޮނޑުދޮށުން ފެނިފައިވަނީ އުމުރުން 27 އަހަރުގެ ބަނގްލަދޭޝްގެ ރައްޔިތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް