ކޮއްކޮއަށް އާންމުންގެ ސަމާލުކަން ހޯދައިދިނުމަށް ކެޓްރީނާ މަސައްކަތް ފަށައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒެބެއްލާ ކެއިފްއަށް އާންމުންގެ ސަމާލުކަން ހޯދައިދިނުމުގެ މަސައްކަތް ފަށައިފި އެވެ. އިޒެބެއްލާ ވަނީ 2014 ވަނަ އަހަރު "ޑރ ކައްބީ" ކިޔާ ފިލްމެއް ކުޅެފަ...

31 Mar 2017 | 05:50

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒެބެއްލާ ކެއިފްއަށް އާންމުންގެ ސަމާލުކަން ހޯދައިދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އިޒެބެއްލާ ވަނީ 2014 ވަނަ އަހަރު "ޑރ ކައްބީ" ކިޔާ ފިލްމެއް ކުޅެފައި އެވެ. އޭގެ ފަހުން އޭނާގެ ފިލްމެއް ރިލީޒް އެއް ނުވެ އެވެ.

މި ހަފްތާގައި ކެޓްރީނާގެ ރަސްމީ ފޭސްބުޕް ޕޭޖުގައި ވަނީ އިޒެބެއްލާގެ ފޮޓޯއެއް ފޭނުންނާއި ހިއްސާކޮށްފައި އެވެ. އެ ފޮޓޯއަށް ކޮމެންޓު ކުރި ކެޓްރީނާގެ ސަޕޯޓަރުން ވަނީ ކޮއްކޮ އާއި އެކު އެއް ފިލްމަކުން ފެނިގެންދާނެ ދުވަހަށް އިންތިޒާރު ކުރާ ކަމަށް ބުނެފައި އެވެ. އަދި ކެޓްރީނާ ހާ އިޒެބެއްލާވެސް ރީތި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާރު ކެޓްރީނާ މަސައްކަތް ކުރަނީ އޭނާ ކޮއްކޮ އާންމުންނަށް ދައްކައިގެން އާންމުންގެ މަގުބޫލުކަން ހޯދުމަށެވެ. އަދި އިޒެބެއްލާ އެކޭ އެއްގޮތަށް ސޯނިއާ ކެއިފް ބޮލީވުޑަށް ތައާރަފް ކުރުމަށް ވެސް އޭނާ މަސައްކަތް ކުރެ އެވެ.

އެގޮތުން އެ ދެމިޙުންނަށް ބޮލީވުޑްގެ މަސައްކަތެއް ލިބޭތޯ ބައެއް ޑައިރެކްޓަރުންނާއި ކެޓްރީނާ ވާހަކަ ދައްކަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހު ރިލީޒް ކުރާ "ޖައްގީ ޖާސޫސް" އިންނެވެ. އޭގެ ފަހުން އެހެން ފިލްމެއްގެ ޝޫޓިން އަށް އޮސްޓްރޭލިއާއަށް ދިއުމަށް ހަމަޖެހިފައިވައިރު އޭނާގެ ދެ ކޮއްކޮއަށް އަދި މަސައްކަތެއް ލިބޭ ގޮތެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް