ކެނެރީގޭ ދޮރުމަތިން ފުލުހަކަށް ހަމަލަ ދިން ދެމީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމުގައިވާ ގ.ކެނެރީގޭ ދޮރުމަތިން ބަޔަކު ފުލުހަކަމަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ...

30 Mar 2015 | 19:34

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމުގައިވާ ގ.ކެނެރީގޭ ދޮރުމަތިން ބަޔަކު ފުލުހަކަމަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

"ފުލުސްމީހާއަށް މާ ބޮޑު އަނިޔާއެއް ނުވޭ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 19 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް