ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ (29އ) ގެ މަރުގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 02 ވަނަ މީހަކު ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 09:30 ހާއިރު ކަމަށެވެ.
މިރޭ ހައްޔަރުކުރި 24 އަހަރުގެ މީހާގެ އިތުރުން މި މައްސަލައާއި ގުޅިގެން މިއަދު ހަވީރުގެ ވަގުތެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރު ކޮށްފައިވެއެވެ.
ޝާހީން މިއާ މަރުވެފައިވަނީ، 2015 މާރޗް 22 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ މަސައްކަތް ކުރާ ކެފޭ ތެރެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް