އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ ރެލީއަށް ރަށްރަށުގެ އެ ޕާޓީގެ މެމްބަރުންގެ ފަރާތުން ތަރުހީބެއް ނެތް ކަމަށް ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން މިވެރިކަން ވައްޓާލުމަށް ކަމަށް ބުނެ ކުރާ މުޒާހަރާ އެ ޕާޓީގެ ރަށްރަށުގެ ޖަގަހަތަކުގައި ލައިވްކޮށް ބެލުމަށް އެޕާޓީން އަންގާފައިވާކަމަށެވެ. އެހެން ނަމަވެސް އެކަމަކަށް ރަށްރަށުން ތަރުހީބެއް ނެތް ކަމަށް ސުޖާއު ފާހަގަކުރެއްވިއެވެ.
"ޖަގަހަތައް ހުރީ ހުސްކޮށް، ޕާޓީން ވެރިކަން ކުރިގޮތުން އާއްމު މެމްބަރުން ނޮޓް ހެޕީ" ސުޖާއު ވިދާޅުވިއެވެ.
މިރޭ އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ ރެލީގައި ގިނަ އަދަދެއްގެ އިދިކޮޅު ފަރާތްތަކުންނާއި އާއްމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މިރޭ20:30 ހާއިރު ފެށި މި ރެލީ ކުރިއަށް ގެންގޮސްފައިވަނީ މާލެ އާޓިފިޝަލް ބީޗް ސަރަހައްދުން ފަށައިގެން މާލޭގެ ބޮޑެތި މަގުތަކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް