ފައިސަލްއަކަށް، އަބްދުއްރަހީމަކަށް އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް: ރައީސް ޔާމިން

ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރެއްވި ނަމަވެސް އެކަމަކަށް އެއްވެސް ހަމްދަރުދީއެއް ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ. ރައީސް ޔާމިން މިހެން ވިދާޅުވީ ޕީއެންއ...

31 Jan 2025 | 16:49

ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރެއްވި ނަމަވެސް އެކަމަކަށް އެއްވެސް ހަމްދަރުދީއެއް ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމިން ވިދާޅުވީ ކޮންމެ ކަމަކަށްވެސް އަޖަލު ހަމަވާނެ ކަމަށެވެ. އަދި ފައިސަލް އެ މަގާމުން ދުރު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއާއި ޖެހުނު މައްސަލައެއްގައި ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ފައިސަލް މަގާމުން ވަކިކުރީ މިދިޔަ އަންގާރަ ދުވަހެވެ. ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަގާމުން ވަކިކުރެއްވުމަށް ފަހު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓުތަކުގައިވެސް މަގާމުން ވަކިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ އެންމެ ބާރު ހިނގާ ފަރާތް ކަމަށް ބުނާ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން މިގޮތަށް މަގާމުން ވަކި ކުރެއްވީތީ ގިނަ ބައެއްގެ ތެރޭގައި ސުވާލު އުފެދުނެއެވެ. މިކަމާއި ގުޅިގެން ރޭ ރައީސް ޔާމިން ވާހަކަ ދައްކަވަމުން ވިދާޅުވީ، "ފައިސަލް ވަކިވުުމަކުން އަބްދުއްރަހީމް ގޭގައި އިނުމަކުން އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް.".

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް