އެމްޑީޕީން އުޅެނީ ވެރިކަމުން ބޭލީމަ ހަޖަމުނުވެގެން، ދެންވެސް ބަލި ކުރާނަން: މެންބަރު ޝުޖާއު

ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު އެމްޑީޕީން ހަދަނީ ހުސް ދޮގު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ މިރޭ އިދިކޮޅު އެމްޑީޕީން ކުރިއަށް ...

31 Jan 2025 | 16:30

ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު އެމްޑީޕީން ހަދަނީ ހުސް ދޮގު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ މިރޭ އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ އެއްވުމާއި ގުޅިގެންނެވެ.

އިދިކޮޅުން މިރޭ މާލެ ސަރަހައްދުގައި "ފުދިއްޖެ ފުނޑިއްޖެ" ނަމުގައި ކުރިއަށް ގެންދާ އެއްވުމަކީ ގާނޫނު އަސާސީގެ ދިފާއުގައި ބާއްވާ އެއްވުމެއް ކަމަށް އެ ޕާޓީން ބުނެއެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ.

މިކަމާއި ގުޅިގެން މެންބަރު ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް އެމްޑީޕީން ހަދަނީ ދޮގުކަމަށެވެ.

"ވެރިކަމުން ބޭލީމަ ތިއުޅެނީ ހަޖަމު ނުވެގެން.ދިވެހި ރައްޔިތުންނާއި މިގައުމު ފުޑާލާފައި އޮތީ ތިބޭފުޅުން. ހައްގުވެރިން އަތުން ފްލެޓާއި ނުހައްގުން ބިން ބަހާފައި އޮތީވެސް ހަމަ ތިބޭފުޅުން.ދެންވެސް ބަލި ކުރާނަން. އިންޝާﷲ"

މިރޭ20:00 ގައި ކުރިއަށް ގެންދާ މި އެއްވުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު ހަރަކާތް ކުރިއަށް ގެންދާ ސަރަހަައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް