ބިދޭސީއެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރު

މާލޭގައި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ގުލާބީ ގޯޅީގައި ދެމީހަކު ވެގެން ބިދ...

31 Jan 2025 | 13:24

މާލޭގައި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ގުލާބީ ގޯޅީގައި ދެމީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރޭ 02:12 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

"އެ ދެމީހުން 33،500 ރުފިޔާ ފޭރުނު ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ހ. ރެނދަން، އުމުރުން 36 އަހަރުގެ ފަވާޒް ކަޅު ތުއްތު އަދި ތ. ތިމަރަފުށި، ލަކީ ހައުސް އުމުރުން 36 އަހަރުގެ ސޮފްވާން އަލީ އެވެ.

މި ދެމީހުންގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާކަމަށްެވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް