ސިނގިރޭޓު އުފައްދާކަމަށް ތުހުމަތު ކުރެވިގެން ރޭގައި ދިވެހި ފުލުހުން ބަލައި ފާސްކުރި އޮފީހުން 103 ފޮށިގަނޑު އަތުލައިގަތްކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ރޭގައި ބަލައި ފާސްކުރީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެކެވެ.
ފުލުހުން ރޭގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ އޮފީސް ބަލައި ފާސްކުރީ ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ޖުމުލަ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގަތް ކަމަށާއި އޭގެތެރޭގައި ދުންފަތް ހުރި ފޮށިވެސް ހިމެނޭކަމަށެވެ.
މިކަމާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނޫންކަމެއް އަދި ފުލުހުން ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް