ދަ ޑިމޮކްރެޓްސް އިން ޕާޓި ރައީސްގެ ކައުންސިލް އެކުލަވާލައިފި

ދަ ޑިމޮކްރެޓްސް އިން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދަން އޮންނަ ޕާޓީ ރައީސްގެ ކައުންސިލް އެކުލަވާލައިފިއެވެ....

31 Jan 2024 | 13:25

ދަ ޑިމޮކްރެޓްސް އިން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދަން އޮންނަ ޕާޓީ ރައީސްގެ ކައުންސިލް އެކުލަވާލައިފިއެވެ.

ޑިމޮކްރެޓްސް އިން ވަނީ ޕާޓީ ރައީސްގެ ކައުންސިލް އުފެއްދުމަށްފަހު މެމްބަރުން އައްޔަންކުރުމަށް ނިންމާފައެވެ. އެގޮތުން އެ ކައުންސިލްގައި ތިބޭނީ ޕާޓީގެ ރައީސްއާއި، ނައިބު ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލާއި، ކައުންސެލް ޖެނެރަލާއި، ރަޖިސްޓާ ޖެނެރަލާއި، ސްޕޯކްސްޕާސަނާއި، ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރާއި، ޕާލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރުންނާއި، ޕާލިމަންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލާއި، ޕާލިމަންޓްރީ ގްރޫޕްގެ ވިޕާއި، ޔަންގް ޑިމޮކްރެޓްސްގެ ލީޑަރާއި، ޔަންގް ޑިމޮކްރެޓްސްގެ ނައިބު ލީޑަރާއި، ވިމެން ޑިމޮކްރެޓްސްގެ ލީޑަރުގެ އިތުރުން ވިމެން ޑިމޮކްރެޓްސްގެ ނައިބު ލީޑަރު ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ ކައުންސިލްގެ މަސައްކަތުގެ ދައުރުގެ ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ނެޝަނަލް އެސެމްބްލީގެ ދެބައްދަލުވުން ދެމެދުގައި ޕާޓީގެ ސިޔާސަތުތަކަށް ބަދަލެއް ގެންނަން ޖެހޭނަމަ އެފަދަ ބަދަލެއް ގެނައުމަށް ޕާޓީގެ ރައީސަށް ލަފާދިނުމާއި، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމުގައި ޕާޓީގެ ރައީސަށް ލަފާދިނުމާއި އަދި ނެޝަނަލް އެސެމްބްލީގެ ދެ ބައްދަލުވުން ދެމެދުގައި ނެޝަނަލް އެސެމްބްލީން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް