ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އަރާފައިވާކަމުގެ މައްސަލައެއް ބަލުމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ.މަހިބަދޫގެ އަސުރުމާ 3 ކިޔާ މަސް ބޯޓަށް އިންޑިއާގެ ނޭވީ ސިފައިން އަރައި ބަލައި ފާސްކުރަމުން ދާކަމަށެވެ.
އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް