ޒުވާން ޚަޠީބު ޕްރޮގްރާމުގެ ބައިވެރިންނާ އިންޓަރވިއުކުރުމުގެ ފުރަތަމަ ސެޝަން އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޚުތުބާ ކިއުމުގެ ހުއްދަ ނަގަން ހުށަހެޅި 160 ޒުވާނުންގެ އިންޓަރވިއު ފަށާފައިވާ ކަމަށެވެ.
އިންޓަރވިއުތަކަށް ފަހު، ބައިވެރިންނަށް އިމާމްކަންކުރުމާއި ޚުޠުބާ ކިޔުމާ ގުޅޭ ގޮތުން ޚާއްޞަ ތަމްރީނެއް ދެވޭނެއެވެ. ތަމްރީނު ފުރިހަމަކުރުމަށް ފަހު ބައިވެރިންނަށް ހުކުރު ކުރުމުގެ ހުއްދަ ދޫކުރެވޭނެއެވެ. މިނިސްޓަރ ވިދާޅުވީ މިއީ މިހާ ގިނަ އަދަދަކަށް ޒުވާނުން އެއް ފަހަރާ އިމާމުކަމަށް ހުއްދަދޭ ފުރަތަމަ ފަހަރު ކަމަށެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހުކުރުކުރާނެ މީހުންނާއި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދައި ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް