ޕްރޮސެކިއުޓަރ ޖެނެރަލް، ހުސެއިން ޝަމީމަށް މަގުމަތިން ދިމާކޮށް މަރުތޭލަކުން ހަމަލާދީފިއެވެ.
ފުލުހުން ބުނީ ޝަމީމަށް ހަމަލާދީފައިވަނީ މާލޭ މަގުމަތިން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނޫރު މިސްކިތް ކައިރިން ޝަމީމް އަށް ދިން ހަމަލާގައި އޭނާގެ ވާއަތުގެ އުޅޮބޮށިން ތިރި ވަނީ ޒަހަމްވެފައެވެ. އެ ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދުވެސް ވަނީ ލާފައެވެ.
ޝަމީމް އަށް މަގުމަތިން ދިމާކޮށް ހަމަލާދީފައިވަނީ ކޮން ބައެއްކަން މިހާތަނަށް އެނގިފައި ނުވާއިރު، މި ހަމަލާ ދިން ވަގުތު ޝަމީމްގެ ސެކިއުރިޓީ އެއް ނެތެވެ.
ޝަމީމް އަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް