މަނަދޫގައި ވައިން ޙަކަތަ އުފެއްދުމަށް އަންނަނީ ޓެސްޓު ކުރަމުން: ޝައުނާ

ޙަކަތަ އުފެއްދޭނެ އިތުރު ވަޞީލަތްތައް ޓެސްޓު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތު ނ. މަނަދޫގައި ވައިން ޙަކަތަ އުފެއްދުމަށް ޓެސްޓު ކުރަމުން ދާކަމަށް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް މިނިސްޓަރ...

31 Jan 2023 | 17:02

ޙަކަތަ އުފެއްދޭނެ އިތުރު ވަޞީލަތްތައް ޓެސްޓު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތު ނ. މަނަދޫގައި ވައިން ޙަކަތަ އުފެއްދުމަށް ޓެސްޓު ކުރަމުން ދާކަމަށް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ ރ. އަތޮޅާއި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމަށް ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ ބައެއް މަޝްރޫއުތައް ނިމުމުން ބައެއް ރަށްރަށުގައި ދުވާލު ޖަނަރޭޓަރު ބޭނުންކުރަން ނުޖެހޭނެ ކަމަށެވެ.

އަދި މިވޭތުވެދިޔަ ތަނުގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ ދެ ރަށެއްގައި އިޔާދަކުރަނިވި ޙަކަތަ ބޭނުންކޮށް ދުވާލު ގަޑީގައި ޖެނެރޭޓަރުތައް އެއްކޮށް ނިއްވާލެވޭ ކަމަށް ވެސް ޝައުނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ ޙަކަތަ އުފެއްދޭނެ އިތުރު ވަޞީލަތްތައް ޓެސްޓު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތު ނ. މަނަދޫގައި ވައިން ޙަކަތަ އުފެއްދުމަށް އަންނަނީ ޓެސްޓު ކުރަމުން ކަމަށެވެ.

މިގޮތުން މިކަމުގެ މައިގަނޑު ބޭނުމަކީ ޙަކަތައިގެ ދާއިރާއިން ސަބްސީޑިއަށް ކުރެވޭ ހޭދަ ކުޑަކުރުން ކަމަށް ޝައުނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް