ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޝެއިހް ފަޟްލޫނަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާ

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ދީނީ އިލްމުވެރިޔާ ޝެއިޚް ފަޟުލޫން މުޙައްމަދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމަށް ހިތްވަރ...

31 Jan 2023 | 16:48

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ދީނީ އިލްމުވެރިޔާ ޝެއިޚް ފަޟުލޫން މުޙައްމަދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު  9:00 އަށެވެ.

ޝައިޚް ފަޒްލޫން ހައްޔަރުކުރީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

އަދި ޝެއިހް ފަޟްލޫނަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ކުށަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.

ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިދިޔަ އަހަރުގެ ޔޯގާ ދުވަހާއި ގުޅިގެން ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީ އިންޒާރު ދީފައި ވެއެވެ.

މިގޮތުން ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 25 މީހަކު ހައްޔަަރުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް